އަނެއްކޮޅުން އަރާޝްއާ ވަކިވެ ހައްޔަރުކުރެވިފައިވާ ނޫރާގެ ދިރިއުޅުން ހޭދަވަމުން ދިޔައީ ފުން ހިތާމަޔާއި އިންތިޒާރުގައެވެ. އޭނާގެ ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި އެކަނި އިނދެ އަރާޝްގެ ހަނދާންތައް އާކުރަމުން ދިޔައެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެ މަސްތައް އަހަރުތަކަށް ބަދަލުވިއެވެ. ނަމަވެސް ނޫރާގެ ހިތުގައި އަރާޝްއަށްޓަކައި އޮތް ލޯބި ދުވަހަކުވެސް ފަނޑުވެގެން ނުދިޔައެވެ. އޭނާގެ ބައްޕަ އިސްމާޢީލް ބޭ އެތައް ކައިވެންޏެއްގެ ހުށަހެޅުންތަކެއް ގެނަޔަސް ނޫރާ އެ ހުރިހާ ކަމަކަށް އިންކާރު ކުރަމުން ދިޔައެވެ. "ނޫރާ! ދަރިފުޅާ މި ފުރުސަތުތައް ގެއްލުވާނުލާތި. މިއީ ދަރިފުޅުގެ އުފަލަށްޓަކައި އަހަރެން ހޯދާފައިވާ ރަނގަޅު ގުޅުންތަކެއް. އެ އަރާޝް ކިޔާ ފަގީރު ކުއްޖާ ހަނދާން ނައްތާލާ! އޭނަ ދުވަހަކުވެސް ދަރިފުޅަށް އުފަލެއް ނުލިބޭނެ." ބައްޕަ އޭނާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
ނަމަވެސް ނޫރާގެ ޖަވާބު އަބަދުވެސް އެއްގޮތެވެ. "ބައްޕާ... އަޅުގަނޑުގެ ހިތުގައި ވަނީ ހަމައެކަނި އަރާޝް. އަޅުގަނޑުގެ އުފަލަކީ ފައިސާއަކުން ގަނެވޭނެ އެއްޗެއް ނޫން. އަޅުގަނޑަށް ހެޔޮވަރުވަނީ އަޅުގަނޑު ލޯބިވާ މީހާ. އަޅުގަނޑު އަރާޝްގެ އިންތިޒާރުގައި ހުންނާނަން. އޭނާ އަބަދުވެސް އަޅުގަނޑަށް ދިން ވަޢުދު ފުއްދާނެކަން އަޅުގަނޑަށް ޔަގީން." ނޫރާގެ މޫނުމަތިން ފެނުނީ ހިތްވަރާއި ކެތްތެރިކަމެވެ. އޭނާގެ ހިތުގައި އަރާޝް އެނބުރި އަންނާނެ ކަމުގެ އުއްމީދު ދުވަހަކުވެސް ފަނޑުވެގެން ނުދެއެވެ. އޭނާގެ މަންމަ އޭނާގެ ދަރިފުޅުގެ ހާލު ދެކެ ހިތާމަ ކުރިއެވެ. ނަމަވެސް އިސްމާޢީލް ބޭގެ ހަރުކަށި ނިންމުމަށް އޭނާއަށްވެސް ހުރަހެއް ނޭޅުނެވެ. މަންމަ ދަރިފުޅުގެ ކައިރިއަށް ގޮސް ބައެއް ފަހަރު ދިގު ވާހަކަތައް ދައްކައި ހިތްވަރު ދެއެވެ. "ދަރިފުޅާ އުންމީދު ކަނޑާނުލާތި. ހިތްވަރުކުރޭ. ކޮންމެވެސް ދުވަހަކުން ކަންތައް ރަނގަޅުވާނެ." މަންމަގެ އެ ބަސްތަކުން ނޫރާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބެއެވެ.
ނޫރާގެ ދިރިއުޅުމުގެ އެންމެ ފޮނި ދުވަސްތައް ހޭދަވަމުން ދިޔައީ އިންތިޒާރުގައެވެ. އޭނާ އަބަދުވެސް ހެނދުނު ހޭލާއިރު އަރާޝްގެ ޚަބަރެއް ލިބިފައި އޮންނާނެ ކަމަށް އުއްމީދުކުރެއެވެ. ރޭގަނޑު ނިދާފައި އޮންނައިރު އަރާޝްގެ ހުވަފެންތައް ދެކެއެވެ. އޭނާގެ ހިތުގައި އަރާޝްއަށްޓަކައި އޮތް ލޯބި ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދިޔައެވެ. އެއީ އޭނާގެ ހިތުގެ އެންމެ ފުންމިނުގައި ރައްކާކުރެވިފައިވާ ހަޒާނާއެކެވެ. އޭނާގެ ހިތް ވަޢުދުވީ އަރާޝްއަށްޓަކައި ކޮންމެ ގުރުބާނީއެއް ވެސް ވާނެކަމަށެވެ. އެތައް އަހަރެއްގެ ވަކިވުމަށްފަހު އަނެއްކާވެސް އެކުގައި ވުމަށް އޭނާ އުއްމީދު ކުރަމުން ދިޔައެވެ. އޭނާ ދެކެމުންދިޔައީ އަރާޝްއާއެކު އުފާވެރި ދިރިއުޅުމެއް ފެށުމުގެ ހުވަފެނެވެ. އެ ހުވަފެން އޭނާގެ ހިތް ދިރުވައިދޭން މަސައްކަތްކުރިއެވެ.
7ބައި 7 / 10
