7ބައި 7 / 7

7 ވަނަ ބައި

147 ލަފްޒު

ނަވާލް ފަހުވަގުތު ޖަލުން ނުކުތުމާއެކު އޭނާއަށް ހުއްޓުން އެރިއެވެ. އޭނާގެ މޫނުމަތީގައި އިރުގެ އަލިކަން ޖެހުނީ އޭނާއަށް އުމުރަށް ގެއްލިފައިވާ އެއްޗެއް ފަދައިންނެވެ. އޭނާގެ އަތް ތުރުތުރުލިއެވެ. ބިރުނެއް ނޫނެވެ. ނަމަވެސް މިނިވަންކަމުގެ ބޮޑު ސިހުމުންނެވެ. ދެން އޭނާއަށް ލީމް ފެނުނެވެ.

ލީމް ހުރީ ދުވަސްވީ ގަސްތަކެއްގެ ދަށުގައެވެ. އޭނާ ނަވާލްގެ ގާތަށް އައުމުގެ ކުރިން ވެސް އޭނާގެ ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ. އޭނާގެ އަތުން އަނގަ ނިވާކުރީ އޭނާ ފެނުމުން ހިތަށް ތަދުވެ އަދި އެއާއި އެކުގައި ފަސޭހަވެ ހިތް އުފަލުން ފުރުމުންނެވެ. ވިހި އަހަރު ފަހުން ވިޔަސް ނަވާލްއަށް ކުރަމުން އައި އިނަތިޒާރަށް ނިމުމެއް އައުމުންނެވެ.ނަވާލް އޭނާގެ ގާތަށް އައުމަށް އެއް ފިޔަވަޅު އެޅިއެވެ. ލީމް އޭނާގެ ގާތަށް ދުއްވައިގަތެވެ. ލީމް އޭނާގެ މޫނުގައި ބީހިލުމުން ނަވާލް ދެލޯ މަރާލިއެވެ. ނަވާލް އަށް ހީވީ އޭނާއަށް އޭނާގެ މަންޒިލަށް އާދެވުނު ހެންނެވެ. އެ ދެމީހުން ދުރުވެފައިވާ އަހަރުތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި އެކަކު އަނެކަކަށް ބައްދާލިއެވެ. މި ފަހަރު އެ ދެމީހުންގެ މެދުގައި އެއްވެސް ހުރަހެއް ނެތި އެއްވެސް ހިފެހެއްޓުމެއް ނެތި އެކަކު އަނެކަކު ޚިޔާރުކުރިއެވެ. ދެމީހުންގެ ވާހަކަ ފެށުނީ ގަދަރުންނެވެ. އެކަން ދެމިހުރީ ގުރުބާނީ އާއި ވަފާތެރިކަމުގެ ތެރެއިންނެވެ. އަދި އެކަން ނިމުނީ ވަގުތަށް ވުރެ ބާރުގަދަ ލޯތްބަކުންނެވެ.