6ބައި 6 / 7

6 ވަނަ ބައި

286 ލަފްޒު

ދުވަސް ތަކަށް ފަހު ނަވާލްގެ ކޭސް ހުޅުވިގެން ދިޔައެވެ. ވަކީލުކަމަށް މުޅިން އައު ޒުވާން ވަކީލަކާއި ނަވާލްގެ ކޭސްގެ ފައިލް ހަވާލު ކުރެވުނެވެ. މިއީ މި ފާއިތުވި ވިހި އަހަރުގައިވެސް މި ފައިލް ހުޅުވާލެވުނު ފުރަތަމަ ފަހަރެވެ. ފައިލް ފެނުމުން އޭނާއަށް އިޙްސާސްވީ އަނިޔާއެވެ. އަދި ނަވާލްއަށް އޭނާގެ ހިތުގައި ހަމްދަރުދީ އުފެދި އޭނާގެ ހިތުގައިވާ ހަމަނުޖެހުން ހިތްވަރަކަށް ބަދަލުވިއެވެ. އޭނާ މަސައްކަތްކުރީ ނަވާލްގެ މިނިވަންކަން އަލުން ލިބުމުން ދުނިޔެއަށް އިންސާފު އަނބުރާ ލިބޭނެ ފަދައިންނެވެ. އެ ވަކީލުގެ ހިތުގައި އުފެދުނު މި އިހުސާސް ބަދަލުވީ ވަރުގަދަ އަޒުމަކަށެވެ. އޭނާގެ މި މަސައްކަތަކީ ހަމައެކަނި މައްސަލައެއް ނޫނެވެ. އެއީ އިންސާފަށްޓަކައި ކުރި ޖިހާދެކެވެ. އޭނާ ފުރަތަމަ ކުރި ކަމަކީ މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކެއް ވަރަށް ރަނގަޅަށް ދިރާސާކުރުމެވެ. ދުވަސްވީ ޕޮލިސް ރިޕޯޓުތަކާއި ކޯޓު ރިކޯޑުތަކާއި ހެކިންގެ ބަޔާންތައް އޭނާ ތަކުރާރުކޮށް ބެލިއެވެ. ކޮންމެ ޖުމްލައަކާއި ކޮންމެ ލަފުޒަކުންވެސް އޭނާ ހޯދަން މަސައްކަތްކުރީ ހަގީގަތުގެ ކޮޅުމައްޗެކެވެ.އޭނާގެ ދިރާސާގައި ހާއްސަ ސަމާލުކަމެއް ދިނީ މައްސަލައިގެ ވަށައިގެން ހިނގާފައިވާ އެންމެ ކުޑަ ކަންތައްތަކަށެވެ. އެކި ހެކިބަސްތަކުގައި ހުރި ނުގުޅޭ ކަންތައްތަކާއި މައުލޫމާތުތަކުގައި ހުރި ފުށުއެރުންތައް އޭނާ ފާހަގަކުރިއެވެ. އަދި އޭނާ މައްސަލައާ ގުޅުން ހުރި މީހުންނާއި ހެކިވެރިންނާ އަލުން ބައްދަލުކޮށް ސުވާލުކުރަން ފެށިއެވެ. ގިނަ އަހަރުތަކެއް ފަހުން މައުލޫމާތު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއްކަން އޭނާއަށް އެނގެއެވެ. އެކަމަކު އޭނާ އެއްވެސް ހިފެހެއްޓުމެއް ނެތި މަސައްކަތް ކުރިއެވެ. ޒަމާނީ ވަކީލެއްގެ ހައިސިއްޔަތުން އޭނާ އިންޓަނެޓްގެ ބޭނުން ހިފިއެވެ. ނަވާލްގެ މައްސަލައަށް އަލުން އަލިއަޅުވައިލުމަށްޓަކައި އެ ދުވަހު ވައިރަލްވެފައިވާ ވީޑިއޯއާ ގުޅުން ހުރި ހުރިހާ މައުލޫމާތެއް އޭނާ ހޯދިއެވެ. މީސްމީޑިއާގައި މީހުން ދައްކާފައިވާ ވާހަކަތަކާއި ޝުޢޫރުތައްވެސް އޭނާ ދިރާސާކުރިއެވެ. މިކަމުގެ ތެރެއިން ނަވާލްއަށް އެހީވި އެހެން މީހުންނާއި އޭނާގެ ސަލާމަތްކުރުމުގެ މަސައްކަތާ ބެހޭ ގިނަ މައުލޫމާތުތަކެއް އޭނާއަށް ލިބުނެވެ. މި ދިގު ދިރާސާގެ ނަތީޖާއެއްގެ ގޮތުން ނަވާލްގެ މައްޗަށް ދެވިފައިވާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއްކަން އޭނާއަށް ސާބިތުކުރެވުނެވެ. އަދި ނަވާލް އަކީ ކުއްވެރިއެއް ކަމަށް ނާފިއު ކުރި ކަންތައްތައްވެސް ހާމަވިއެވެ. މި ހަގީގަތްތައް ހާމަވުމާއެކު އޭނާ މިކަން އާންމުކުރަން ނިންމިއެވެ. އެއީ އެއްވެސް މީހަކަށް ވެސް އަނިޔާއެއް ނުލިބޭނެ ގޮތަށެވެ. ނަވާލްގެ މިނިވަންކަމަކީ ހަމައެކަނި އެއްމެ މީހެއްގެ މިނިވަންކަމެއް ނޫނެވެ. އެއީ އިންސާފަށްޓަކައި ކުރެވުނު މުހިއްމު މަސައްކަތެއްގެ ނަތީޖާއެވެ.