ނަވާލް އަޙްމަދު އުޅެނީ ހިތްވަރުގަދަ ދިރިއުޅުމެއް ނަމަވެސް އެކަނިވެރިކަމެއްގެ ތެރޭގައެވެ. އޭނާ އުޅެބޮޑުވީ އޭނާގެ ބޮޑުދައިތައާއި ބޮޑުބޭބެއާއެކުގައެވެ. ކޮންމެ ހެނދުނަކު އިންޑިއާގެ ރެސްކިއު ބޭސްގެ ފިނި ދަގަނޑު ފާލަންތަކުގެ މަތީން ހިނގާފައި ދާއިރު އޭނާގެ ހިތުގައި ވަނީ ހިމޭން އެދުމެކެވެ. އޭނާ މީހުން ސަލާމަތްކުރާ ފަދައިން އޭނާ ކުރާ ކޮންމެ ސަލާމަތްކުރުމަކުން އޭނާ އަމިއްލައަށް ވެސް ސަލާމަތްވާނެ ކަމުގެ އުންމީދެވެ. އޭނާގެ ށަކުވާތައް ފޮރުވައިލަނީ ހަރުދަނާ އަޑެއްގެ ފަހަތުގައެވެ. އެހެން މީހުންނަށް އެހީވަމުން ދާއިރު ބަދަލުގައި އެއްވެސް ކަމަކަށް އުންމީދު ކުރުމެއް ނެތިއެވެ. އޭނާގެ ދިރިއުޅުން ފުރިފައިވަނީ ހިތްވަރާއި ޤުރުބާނީންނެވެ. ނަމަވެސް އެ ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އޭނާގެ ހިތަށް ލިބިފައިވާ ހަމަހިމޭން އެކަނިވެރިކަމެކެވެ.
ލީމް ޝަރީފްއަކީ ހިތްވަރުގަދަ އަދި ކުރިއަރައިދާން ބޭނުންވާ ކުއްޖެކެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ ފޮރުވިފައިވާ ސުވާލުކެކެވެ. ލީމް ގެ ކާފަ އިންޑިއާ ދޫކޮށް ޕާކިސްތާނަށް ބަދަލުވީ ކީއްވެބާއެވެ. އޭނާ ބޮޑުވީ އޭނާގެ ކާފަގެ ދީލަތިކަމާއި އިންޑިއާގެ ހިތްގައިމު ނޫއުޑުތަކުގެ ވާހަކަތައް އަޑުއަހާގެނެވެ. އެ ވާހަކަތަކުން އޭނާގެ ހިތުގައި އުފެދުނީ އަމިއްލަ ނަފްސުގެ އަސްލު އެގެން ބޭނުންވާ ބޮޑު އެދުމެކެވެ. އިންޑިއާއަށް ދިޔުމަކީ ހަމައެކަނި ދަތުރެއް ނޫނެވެ. އެއީ މާޒީއާ ގުޅުން ހުރި އާއިލާގެ ދުވަސްވީ ހިތާމަތައް ފަސޭހަ ކުރުމަށް ކުރާ ދަތުރެކެވެ. އަދި އޭނާގެ މަޑުމައިތިރި ހިތުގެ އަސްލު ދެނެގަތުމަށް ކުރާ ދަތުރެކެވެ. ލީމް އޭނާގެ ކާފަގެ ވާހަކަތަކުން ދައްކުވައިދިން އެ ދިރިއުޅުން ހޯދުމަށް އޭނާގެ ހިތް ބޭނުންވަނީ އިންތިހާއަށެވެ.
އިންޑިއާއަށް ކުރި މިދަތުރުގައި ލީމްގެ ކާރު ފަރުބަދައެއްގެ މަގުން ދަތުރު ކުރަމުން ދަނިކޮއް ބަހެއްގައިޖެހި އެކްސިޑެންޓްވެ ކާރު ފުރޮޅާލިއެވެ. އަދި ލީމް ކާރުން ވެއްޓި އެ ފަރުބަދައިގެ އަރިމައްޗަށް ހެދިފައިވާ ގަހެއްގައި އެލިފައި އޮތެވެ. މަންޒަރުފެނުނު މީހުން އަވަހަށް ރެސްކިއު ވޯކަރސް ގެ ޓީމަށް ގުޅިއެވެ. އެޓީމާއެކު ނަވާލް ވެސްއައެވެ. ބިރުގަނެ ވަރުބަލިވެފައިވާ ލީމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ހެލިކޮޕްޓަރެއްގެ އަޑު އިވުމުންނެވެ. އެ އަޑަށް ލީމް މައްޗަށް ބަލާލިއިރު ޒުވާން ފިރިހެނަކު ގައިގައި ވާގަނޑެއް އައްސައިގެން ލީމް އާއި ސީދާވާހެން މަޑުމަޑުން ތިރިއަށް ފައިބައެވެ. އެ ޒުވާނާ ލީމް އާއި ކައިރިވެ ގައިގައި ބެލްޓެއް އަޅުވައި ލީމް ގެ އުނުގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އެ ވަގުތު އެ ދެމީހުންގެ ހަތަރު ކަޅި ހަމަވެ ނޭންގޭ އިހުސާސް ތަކެއް ކުރެވުނެވެ. އަދި ބުނެދޭން ނޭންގޭ ފޮރުވިފައިވާ ގުޅުމެއް އުފެދެއެވެ. އެމަންޒަރުގެ ވީޑިއޯ ވައިރަލްވެ ލީމްގެ ކައިވެނި ކުރަން ހަމަޖެހިފައިވާ ނާފިއުއަށް ފެނުމުން އޭނާގެ ހިތުގައި ޙަސަދަވެރިކަމުގެ ހުޅު ރޯވިއެވެ. ނާފިއު އަކީ ޕާކިސްތާނުގެ ބޮޑު ސިޔާސީ ލީޑަރެއް ގެ ދަރިއެކެވެ.
