9ބައި 9 / 9

9 ވަނަ ބައި

234 ލަފްޒު

ޖެހިގެން އައި ދުވަހުގެ ހެނދުނު އާލިމްގެ އާއިލާއިން ނަސީމްއަށް ވަރަށް އޯގާތެރިކޮށް ހިތިއެވެ. ނަސީމް އެތައް ދުވަހަކަށްފަހު ހަމަޖެހިލައިގެން ހެނދުނުގެ ނާސްތާ ކުރިއިރު އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ފެންނަމުން ދިޔައެވެ. އެކަމަކު އޭނާގެ ހިތުގައިވާ ހިތާމައަށްށާއި ބިރުވެރި ކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

އާލިމްގެ ބައްޕަ ރަށު ކައުންސިލްގެ ރައީސްއާއި ވާހަކަ ދެއްކިއެވެ. އެމީހުން ނިންމީ މިކަމުގައި ރީތި ގޮތަކަށް ނަސީމްއަށް އެއްވެސް ނުތަނަވަސްކަމެއް ނުލިބޭނެހެން ކަންތައް ކުރާށެވެ. އެމީހުން ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނާއި ފުލުހުންގެ 'ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން' ޑިޕާޓްމަންޓްގެ ޓީމެއް ރަށަށް އައުމަށް އިންތިޒާމް ކުރިއެވެ.

ރީމާއަށް މި ހަޤީޤަތް އެނގުމުން އޭނާއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވެ ނަސީމްއަށް އޭނާގެ ފަރާތުން އެހީއެއް ނުވެވުނު ކަމުގެ އިހުސާސް ކުރެވުނެވެ. އެކަމަކު އާލިމް އޭނާއަށް ހިތްވަރު ދިނެވެ. "މިހާރުވެސް އަހަރެމެންނަށް އޭނައަށް އެހީވެވިދާނެ. އަހަރެމެން ތިބެންވީ އޭނަގެ އެންމެ ގާތް ރަޙްމަތްތެރިންގެ ގޮތުގައި."

ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނާއި ފުލުހުންގެ ޓީމު ރަށަށް އައީ އާދައިގެ ހެދުމުގައެވެ. އެމީހުން ފުރަތަމަވެސް ބައްދަލުކުރީ ނަސީމްއާ އެކު ސްކޫލްގެ ކައުންސެލަރުގެ ކޮޓަރީގައެވެ. އެމީހުން ނަސީމްއާ ވާހަކަ ދެއްކީ ވަރަށް އޯގާތެރިކަމާއެކުގައެވެ. ނަސީމްއަށް ލިބިފައިވާ އަނިޔާތަކާއި އޭނާގެ ހިތުގެ އިޙްސާސްތައް އަޑުއެހިއެވެ. ފުރަތަމަ ނަސީމް ކަންބޮޑުވިއެވެ. ނަމަވެސް އެމީހުންގެ އޯގާތެރިކަމުން އޭނާއަށް ހިތްވަރު ލިބި އޭނާގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

އޭގެ ފަހުން އެ ޓީމު ނަސީމްގެ ބައްޕައާ ބައްދަލުކުރިއެވެ. ފުރަތަމަ އޭނާ ރުޅި އައިސް ހަޅޭއްލެވިއެވެ. ނަމަވެސް އެމީހުން ކެއްތެރިކަމާއި ހިކުމަތްތެރިކަމާއެކު އޭނާއާއި ވާހަކަ ދައްކައި އޭނާއަށްވެސް އެހީތެރިކަން ބޭނުންވާކަން ވިސްނައިދިނެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން އޭނާގެ ހަމައެކަނި ދަރިފުޅު އޭނާއާ ދުރުވަމުންދާކަމާއި ނަފްސާނީ ރާޅެއްގައި ޖެހެމުންދާކަން ހަނދާންކޮށްދިނެވެ.

ނަސީމްގެ ބައްޕަ ރިހެބިލިޓޭޝަން ސެންޓަރަކަށް ފޮނުވުމަށް ނިންމުނެވެ. އަދި ނަސީމްގެ އާއިލާގައި އިތުރު މީހަކުނެތުމުގެ ސަބަބުން ވަގުތީ ގޮތުން އާލިމްގެ އާއިލާގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހަމަޖެހުނެވެ.

އެ ދުވަސްވީ ނަސީމްގެ ދިރިއުޅުމަށް އައި އާ ފެށުމަކަށެވެ. އޭނާގެ މޫނުމަތިން ފުރަތަމަ ފަހަރަށް ހަޤީޤީ ހިނިތުންވުމެއް ފެންނަން ފެށިއެވެ. އެއީ ފިލާފައިވާ ހިނިތުންވުމެއް ނޫނެވެ. އެއީ އުއްމީދާއި އުފަލުން ފުރިގެންވާ ހިނިތުންވުމެކެވެ.