ލޯބި

6 ވާހަކަ

ދިގު އިންތިޒާރު

ދިގު އިންތިޒާރު

މިއީ އަރާޝް އާއި ނޫރާ ހިތްގައިމު ލޯބީގެ ވާހަކައެކެވެ. އެމީހުންގެ ގުޅުން ފެށިގެން ދިޔައީ އުފާވެރިކަމާއި އެކުގައެވެ. ނަމަވެސް އެމީހުންގެ ލޯބީގެ މަގަށް އާއިލީ އަދި އިޖުތިމާޢީ ހުރަސްތަކެއް ކުރިމަތިވިއެވެ. އެތައް ދަތިތަކަކަށްފަހު އެމީހުންގެ ލޯބީގެ އަޒުމް ވަރުގަދަވެ ދިރިއުޅުމުގެ ހުރަސްތައް ގިރާކުރެއެވެ. ނަމަވެސް އެކުގައިވުމުގެ ފުރުސަތެއް ލިބޭނެހެތްޔެވެ.

ލޯބި
10 ބައި
ކިޔާލާން ←
ހިތެއްގެ އަގު

ހިތެއްގެ އަގު

އިހުމާން އަކީ އޭނާގެ ރީތިކަމާއި މުއްސަނދިކަމުގެ ބޭނުންކޮށް އަންހެން ކުދިންގެ ހިތްތަކާ ކުޅުމަކީ އުފަލެއް ކަމުގައި ދެކޭ ޒުވާނެކެވެ. އޭނާގެ ލޯބީގެ ދަލުގައި އެތައް ކުދިންނެއް ޖައްސައި އެ ކުދިންގެ ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ދޫކޮށްލުމަކީ އޭނާގެ އާދައެކެވެ. ނަމަވެސް އޭނާގެ ހަޔާތަށް އަންނަ އާ ޒުވާނާ އޭނާގެ ކުރީގެ ޝިކާރަތަކާ މުޅިން ތަފާތެވެ. މިފަހަރުގެ ކުޅިގަނޑުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެ ޝިކާރަވެރިޔާ އަމިއްލައަށް ޝިކާރައަކަށް ވެދާނެ ހެއްޔެވެ؟

ޑްރާމާލޯބި
14 ބައި
ކިޔާލާން ←
ހުވަފެނީ ލޯބި

ހުވަފެނީ ލޯބި

މިއީ ޔުނިވާސިޓީގެ ލައިބްރަރީގެ ހިމޭންކަމުގެ ތެރެއިން އުފަންވި ލޯބީގެ ވާހަކައެކެވެ. އެއީ ހިތުގެ ފުނުގައި އެހެން މީހަކަށް ނޭނގި ސިއްރުން ގިނަވަމުން އައި އިޙްސާސްތަކެއްގެ ވާހަކައެވެ. މި ވާހަކައިން ދައްކުވައިދެނީ ޒޯޔާގެ އަތުން ގެއްލިގެންދާ ފުރުސަތުތަކުގެ ތެރެއިން ކުރެވޭ ލޯބީގެ ޖަޒުބާތީ ދަތުރެކެވެ. ޚިޔާލުގައި ކުރަހާފައިވާ ފުރިހަމަ ލޯބި ހަޤީޤަތާ ކުރިމަތިލާ ހިނދު ވާނީ ކިހިނެއްބާއެވެ.

ލޯބި
6 ބައި
ކިޔާލާން ←
ހިތް ދެނެގަތް ވަގުތު

ހިތް ދެނެގަތް ވަގުތު

ފަންނާނެއްގެ ހިމޭން ދިރިއުޅުމުގެ ކެންވަހަށް އާ ކުލައެއް އިތުރުވެއެވެ. އާ މެހެމާނެއްގެ އައުމާއެކު އެތައް ދުވަސްވީ ރަހުމަތްތެރިކަމުގެ އިމްތިޙާނު ކުރެވެއެވެ. ހިތް ދެ މަގެއްގެ މެދުގައި ތާށިވެ އުނދަގޫ އިޚްތިޔާރަކަށް މަޖުބޫރުވެއެވެ. އެއްކޮޅުގައިވަނީ އަބަދުވެސް ކައިރީގައިވި ފުން އަދި ހިމޭން ލޯތްެކެވެ. އަނެއްކޮޅުގައިވަނީ ހިތްއަވަސްކުރުވި އާދަޔާ ޚިލާފު އާ ހުވަފެނެކެވެ. އޭނާގެ ހިތުގެ ހަގީގީ މަންޒިލަކީ ކޮބައިކަން ނިންމުމުގެ ވަގުތު ޖެހެއެވެ.

ލޯބި
6 ބައި
ކިޔާލާން ←
ނަވާލް ގެ ޤުރުބާނީ

ނަވާލް ގެ ޤުރުބާނީ

މިއީ ހިތްވަރުގަދަ ނަމަވެސް އެކަނިވެރި ފިރިހެނަކާއި އޭނާގެ މާޒީގެ އަސަރު ހިތުގައި ބާއްވައިގެން އުޅޭ އަންހެނެއްގެ ވާހަކައެެވެ. އެ ދެމީހުންގެ ދިރިއުޅުން ތަފާތު ނަމަވެސް ނަސީބު ގުޅުވައިލި ބައްދަލުވުމަކަށް ފަހު އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. ނަމަވެސް ހަސަދަވެރިކަމާއި އޮޅުވާލުމުގެ ސަބަބުން އެ ދެމީހުންނަށް ދުރުވާން މަޖުބޫރުވެއެވެ. ގިނަ އަހަރުތަކެއްގެ ވަކިވުމަކަށް ފަހު ހަޤީގަތް ހާމަވެ ދެމީހުން އަނެއްކާވެސް ބައްދަލުވެއެވެ.

ލޯބި
7 ބައި
ކިޔާލާން ←
ބަދަލު

ބަދަލު

ހަމަޖެހިފައި އޮތް ދިރިއުޅުމަކަށް ކުއްލިއަކަށް ބީރައްޓެހި އަޑުތަކަކާއި ގެއްލުންތަކެއް ކުރިމަތިވެއެވެ. ލޯބިވާ މީހުން ގެއްލިގެން ދިއުމުން ލިބިފައިވާ ވޭނާއި، ހަގީގަތް ހޯދުމުގެ މަސައްކަތުގެ ތެރެއިން ނުފެންނަ ބާރުތަކެއްގެ ބަދަލުހިފުމުގެ ކަންތައްތަކެއް ހާމަވެގެންދެއެވެ. ކުރެވުނު ކުށުގެގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ އެންމެ އަގުބޮޑު ހަނދާންތައް ވެސް ފޮހެވި ނިމުމެއްނެތް ހިތާމައިގެ ތެރެއަށް ގެނބިގެންދެއެވެ.

ލޯބިބިރުވެރި
3 ބައި
ކިޔާލާން ←