ޑްރާމާ
3 ވާހަކަ
ހިތެއްގެ އަގު
އިހުމާން އަކީ އޭނާގެ ރީތިކަމާއި މުއްސަނދިކަމުގެ ބޭނުންކޮށް އަންހެން ކުދިންގެ ހިތްތަކާ ކުޅުމަކީ އުފަލެއް ކަމުގައި ދެކޭ ޒުވާނެކެވެ. އޭނާގެ ލޯބީގެ ދަލުގައި އެތައް ކުދިންނެއް ޖައްސައި އެ ކުދިންގެ ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ދޫކޮށްލުމަކީ އޭނާގެ އާދައެކެވެ. ނަމަވެސް އޭނާގެ ހަޔާތަށް އަންނަ އާ ޒުވާނާ އޭނާގެ ކުރީގެ ޝިކާރަތަކާ މުޅިން ތަފާތެވެ. މިފަހަރުގެ ކުޅިގަނޑުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެ ޝިކާރަވެރިޔާ އަމިއްލައަށް ޝިކާރައަކަށް ވެދާނެ ހެއްޔެވެ؟
ފިލާ ހިނިތުންވުން
އަނިޔާވެރި ބައްޕައެއްގެ ބިރުވެރި ދިރިއުޅުމަކުން ނަސީމްއަށް ރައްކާތެރި މާޙައުލެއް ހޯދައި ދިނުމަށް އޭނާ ގެ އެކުވެރިޔާ އެހީވާ ގޮތުގެ ވާހަކައެވެ.
އޮންލައިން ދަންތުރަ
އުމުރުން 15 އަހަރުގެ މަލްޝާގެ ދިރިއުޅުމަކީ އޭނާގެ އޮންލައިން ދުނިޔެ ފަދައިން އުޖާލާވެފައިވާ އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް އެންމެ ކްލިކަކުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވި ފޯނު އޭނާގެ އެންމެ ބޮޑު ދުޝްމަނަށް ބަދަލުވެއެވެ. ނޭނގޭ ހިޔަންޏެއް އޭނާގެ މުޅި ދިރިއުޅުން ކޮންޓްރޯލް ކުރަން ފަށައެވެ. އޭނާގެ ހިތުގައިވި ބިރުވެރިކަން ފޮރުވަމުން ދިޔަ ވަރަކަށް އޭނާ ގެނބެމުން ދިޔައެވެ.
