ވާހަކަ ކިޔާލާން
1 ވާހަކަ
ވަރަށް ގާތް ހަތް އެކުވެރިން އެމީހުންގެ އެކުވެރިކަން ފާހަގަކުރުމަށްޓަކައި ރީތި ފަޅުރަށަކަށް އުފާވެރި ޕިކްނިކް ދަތުރެއް ދެއެވެ. އެމީހުން އެރަށަށް ގޮސް ގޮނޑުދޮށުގައި ކުޅިވަރު ކުޅެ އެކުއެކީގައި އުފާވެރި ވަގުތު ހޭދަކުރެއެވެ. ނަމަވެސް އެމީހުންގެ އުފާވެރި ދުވަސް ކުއްލި ގޮތަކަށް ބިރުވެރި ހާދިސާއަކަށް ބަދަލުވެއެވެ. އެ ހާދިސާއާއެކު އެމީހުންގެ ހުނުމުގެ އަޑުތައް ގިސްލުމާއި ކަރުނައަށް ބަދަލުވެ ޖަވާހިރެއް ފަދަ ރީތި ރަށް އެމީހުންނަށްޓަކައި ހިތާމައިގެ ތަނަކަށް ވެއެވެ. އެއީ އެމީހުންގެ އެކުވެރިކަމަށް ފޫނުބެއްދޭނެ ޒަޚަމެއް ދީ އެމީހުންގެ ހަޔާތުގެ މިސްރާބު އަބަދުގެ އަބަދަށް ބަދަލުކޮށްލި ދަތުރެކެވެ.